ބޭރު ކުޅިވަރު

ފީފާ ޑްރީމް ޓީމުގައި ބާސެލޯނާގެ ހަތަރު ކުޅުންތެރިން

ފީފާއިން ހޮވި 2015 ވަނަ އަހަރުގެ ދުނިޔޭގެ ޑްރީމް ޓީމުގައި ބާސެލޯނާގެ ހަތަރު ކުޅުންތެރިން ހިމެނިއްޖެ އެވެ.

އެއީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާ އާއި ޑެނީ އަލްވެޒް އާއި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެވެ.

ދެން ހިމެނުނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާސެލޯ އަދި ސާޖިއޯ ރާމޯސް އާއި ޑެނީ އަލްވެޒް އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އާއި ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ އަދި ބަޔާން މިއުނިކްގެ ޖަރުމަނު ކީޕަރު މެނުއަލް ނޯޔާ އެވެ.

މި ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދިނީ މިރޭ ބޭއްވި ފީފާ އެވޯޑް ނައިޓްގައި ކެމަރޫނުގެ ކުރީގެ ފޯވަޑް ސެމިއުލް އެޓޫ އެވެ.