އިނގިރޭސި ރާނީ

ރާނީ އެލިޒަބަތް އަވަހާރަވުމާ ގުޅިގެން "ދަ ކްރައުން"ގެ ޝޫޓިން މެދުކަނަޑާލައިފި

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް ||
0%
100%
0%

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް || އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހަރާވުމާ ގުޅިގެން، ރާނީއަށް އިހްތިރާމްކުރުމުގެ ގޮތުން ނެޓްފްލިކްސްގެ ސީރީޒް "ދަ ކްރައުން"ގެ ޝޫޓިން އިއްޔެ މެދުކަނޑާލައިފި އެވެ.

"ދަ ކްރައުން" އަކީ ރާނީ އެލިޒަބަތްގެ ހަޔާތަށާއި އިނގިރޭސި ޝާހީ އާއިލާގެ އިތުރުން ރަސްކަމުގެ ކަންތައްތައް ބައްޓަން ވެގެން ދިޔަ ކަންތައްތަކަށް ބިނާކޮށްފައިވާ ސީރީޒެކެވެ.

ހަބަރުތަކުން އެނގޭ ގޮތުގައި މިހާރު ޝޫޓްކުރަމުންދަނީ "ދަ ކްރައުން"ގެ ހަވަނަ އަދި މި ސީރީޒް ނިންމާލާ ސީޒަނެވެ. އަދި ރާނީގެ ޖަނާޒާ ބާއްވާ ދުވަހުވެސް ޝޫޓިން މެދުކަނޑާލުމަށް ހަމަޖެހިފައިވެ އެވެ.

ރާނީ އަވަހާރަވެފައި މިވަނީ އަންނަ ނޮވެމްބަރު މަހު "ދަ ކްރައުން"ގެ ފަސް ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

މި ސީޒަންގައި ގެނެސްދޭނީ ޕްރިންސަސް ޑަޔާނާގެ ފަހުގެ އަހަރުތަކާއި މަރުގެ ހާދިސާ އެވެ. މި ސީރީޒްގެ ހަވަނަ ސީޒަންގައި ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ބައިތައް އަންނާނެ އެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން "ދަ ކްރައުން"ގެ ލިޔުންތެރިޔާ ހިތާމަފާޅުކުރަމުން ބުނީ މި ސީރީޒަކީ އޭނާގެ ފަރާތުން ރާނީއަށް ލިޔާ "ލޯބީގެ ސިޓީއެއް" ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910