ކުރެންދޫ

ކުރެންދޫ ގޮނޑުދޮށުގެ މަސައްކަތުގެ އަޕްޑޭޓެއް

Sep 11, 2022

ޅ. ކުރެންދޫގައި މިހާރު ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީ އިން ދީފި އެވެ.

އެމްޓީސީސީ އިން ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓުގައި ބުނީ މިހާރު ކުރިއަށް ދަނީ އެރަށުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން 9،100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެ އެވެ. އަދި 361 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މި މަޝްރޫއަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެ އެވެ.