އެމްޓީސީސީ

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

Sep 12, 2022

އެމްޓީސީސީ އިން މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ ކޮޅުފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބޭރުތޮށިލުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޓީސީސީ އިން ބުނީ އެތަނުގެ ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތަކުގެ 79 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 9،683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ. އަދި 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެ އެވެ.

މި މަޝްރޫއަކީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.