އޭސީސީ

އޭސީސީއަށް އަދީބް ހާޒިރުކޮށް ސުވާލުކޮށްފި

Sep 12, 2022
2

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި އޭސީސީއަށް އަދީބް ހާޒިރުކުރި ނަމަވެސް އެ ކޮމިޝަނުން އަދި އެއްވެސް އެއްޗެއް ނުުބުނެ އެވެ.

އަދީބް އިސްވެ ހުންނަވައިގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ އެތައް މައްސަލައެއް އޭސީސީން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އޭސީސީން އެންމެ ބޮޑު އިސްކަމެއް ދެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ހޯދައިދިނުމަށެވެ. ނަމަވެސް ކޮމިޝަނަށްު ސާފު އަދަދެއް ނޭނގެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން 37 ރަށަކާއި 12 ފަޅެއް އެކި ފަރާތްތަކަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ތިން ބިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ލަފާކުުރެ އެވެ.