ދުނިޔެ

ކެނެޑާގައި ފުލުހެއް ގަޔަށް ބަޑިޖަހައި މަރާލައިފި

ކެނެޑާގެ ސިޓީއެއްގައި ފުލުހެއް ގަޔަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލައިފި އެވެ.

މިއީ ދުނިޔޭގެ ކަންކޮޅުގައި ފުލުހުންނަށް -- ޚާއްސަކޮށް އަމަން ބަލަހައްޓާ އޮފިސަރުންނަށް ދެމުން ގެންދާ ހަމަލާތަކުގެ ބޮޅެއް ކަމަށް ސެކިޔުރިޓީ އޮފިޝަލުން ބުނެ އެވެ.

ތަންފީޒީ އިދާރާތަކުން ބުނާ ގޮތުން އަމަން ބަލަހައްޓާ އޮފިސަރުންނަށް ހަމަލާ ދިނުމަކީ މީގެކުރީގައި ކެނެޑާގައި ހިނގާފައި އޮތް ކަމެއް ނޫނެވެ. މިއީ ކުށްކުރުމުގެ އާ ވައްތަރެއް ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ.

ކުށްކުރި މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ދެ ތަނެއްގައި -- ވަކި ގޮތެއް ނުބަލައި، ބަޑިޖަހާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އޭނާ ހައްޔަރުކުރި ކަމަށް ވަނީ ވެހިކަލެއް ވަގަށް ނަގައި ކުޑަދޮރުން ބަޑިޖަހަމުން ދުއްވާފައި ދަނިކޮށް ކަމަށް ފުހުލުން ބުނެ އެވެ.

ކެނެޑާ ސަރުކާރުން ބުނާ ގޮތުން އެއްއިރެއްގައި ވަރަށް އަމާންކޮށް އޮތް ބައެއް އަވަށްތަކުގައި ހާލިހަދައިގެން ތިބި ކުށްވެރިން ވަރަށް ގިނަ އެވެ.

އާންމު ތަންތަނުގައި -- މީހުން ގިނައިން އެއްވާ ޕާކުތަކާއި، ޑިޕާޓްމަންޓް ސްޓޯރުތަކުގައި ވަކި މީހެއް ނުބަލައި ހަމަލާދޭ މީން ގިނަވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ސިފައިންނާއި ފުލުހުންނަށް ހަމަލާ ދިނުމަކީ ކުށުގެ ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ޕްރޮސެކިޔުޓަރުން ބުނެ އެވެ. އަދި އެ މީހުންނާ މެދު އާންމު ގާނޫނަކުން އަމަލުު ނުކުރާނެ ކަމަށްވެސް ވަނީ ބުނެ އެވެ.

ފުލުހަކަށް އަނިޔާކުރަނިކޮށް އަތުޖެހިއްޖެ ނަމަ އެ މީހަކާ މެދު އަމަލުކުރާނީ އެންމެ ހަރުކަށި އުސޫލުތަކުން ކަމަަށްވެސް ވަނީ ބުނެފަ އެވެ.