މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ އަހަރީ ދުވަސް ފާހަގަކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެދުނު ބާއްވާފި އެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުގަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފާއި، ސީއީއޯ ޝަހީދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުއްﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކުންފުންޏަށް ހުރި ޖާގައިގެ ދަތިކަމާ ހެދި އެމްޕީއެލްގެ އޮޕަރޭޝަން ތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް ކުންފުނީގެ އޮޕަރޭޝަންސްތައް އޮމާންކަމާ އެކު ކުރިއަށް ގެންދެވެނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތައް ފަހު އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅާފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) އުފެއްދީ 1986 ވަނަ އަހަރު އެވެ. އަދި އެމްޕީއޭ ކޯޕަރައިޓްޒްކޮށް، އެމްޕީއެލް އަށް ނަން ބަދަލުކުރީ 2008 ވަނަ އަހަރު އެވެ.