އުރީދޫ

އުރީދޫން އައިފޯން 14ގެ ޕްރީއޯޑާ ހުޅުވާލައިފި

Sep 16, 2022

އުރީދޫ އިން އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ޕްރީއޯޑާ މޫލީ މެދުވެރިކޮށް ހުޅުވާލައިފި އެވެ.

އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަކީ އެޕަލްގެ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއި އެކު އުފައްދައިފާވައި އައިފޯންގެ އެންމެ ފަހުގެ އުފެއްދުމެވެ.

މިއަދުން ފެށިގެން އައިފޯންގެ ދެ މޮޑެލް އަށްވެސް މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޕްރީ އޯޑާ ކަސްޓަމަރުންނަށް، އޯޑާ ކުރި އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ލިބޭނެ އެވެ.