ދުނިޔެ

ނާންސީ ޕެލޯސީ އަރުމޭނިއާއަށް ވަޑައިގަންނަވަނީ

ނާންސީ ޕެލޯސީ: އަރުމޭނީއާ އަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
0%
0%
0%

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ވަރަށް އަވަހަށް އަރުމޭނިއާ އަށް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފި އެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ އަޒަރުބައިޖާން އާއި އަރުމޭނިއާއާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި އަރުމޭނިއާ އަށް ލިބުނު ގެއްލުތަކަށް ހަމްދަރުދީވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

އަޒަރުބައިޖާން އަކީ މުސްލިމް ގައުމަކަށް ވާތީ ހުޅަނގުގެ އެއްވެސް ގައުމަކުން އެހީތެރިކަމެއް، އަޅާލުމެއް ނުލިބެ އެވެ.

އަރުމޭނިއާ އާއި އަޒަރުބައިޖާން އަކީ ކުރީގެ ސޯވިޓް ޔޫނިއަން އަށް ނިސްބަތްވާ ދެ ދައުލަތް ނަމަވެސް، ރަޝިއާ ވެސް އޮންނަނީ އަރުމޭނިއާ ކޮޅަށެވެ. އަދި އަޒަރުބައިޖާންގެ ނަގޯނީ ކަރަބާޚްގެ ދިފާއުގައި 2020 ގައި ކުރެވުނު ހަނގުރާމާގައި ރަޝިއާ އިން އަރުމޭނިއާ އަށް ހަތިޔާރުވެސް ސައިޕްލައި ކުރި އެވެ.

ޕެލޯސީ އަރުމޭނިއާ އަށް ވަޑައިގަންނަވާނީ ކޮންގްރެސްގައި ހިމެނޭ އަރުމޭނިއާ ދަރިކޮޅުގެ ދެ މެމްބަރުންނާ އެކު އެވެ. އެހެންނަމަވެސް އެއީ ކޮން ދެ މެމްބަރުން ކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ.

ޖަރުމަނުގައި އޮތް "ޖީ ސެވަން" ގައުމުތަކުގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ޕެލޯސީ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަރުމޭނިއާ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި އަރުމޭނިއާ އިން އޮތީ ދައުވަތެއް ވެސް ލިބިވަޑައިގެންފަ އެވެ.

މި ދަތުރާ ބެހޭ ގޮތުން އިތުރު ތަފުސީލު ދެއްވަން ދެކޮޅުހައްދަވައި ޕެލޯސީ ވިދާޅުވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކީ އަމާޒުފަތްގަޑަކަށްވުން ބުއްދިވެރި ނޫން ކަމަށެވެ.

ޖީ ސެވަންގެ މަޝްވަރާ ބައްދަލުވުމުގައި އަދި ޔުކްރޭންގެ ގާނޫނު ހަދާ މަޖިލީހުގެ ރައިސްގެ އަރިހުގައި ޕެލޯސީ ވިދާޅުވީ ޔުކްރޭން ހަނގުރާމަ، ޔުކްރޭން ކާމިޔާބުކުރަން ޖެހޭނެ ކަމަށެވެ. އަދި ރަޝިއާ އަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.

އަޒަރުބައިޖާންގެ ނަގޯނޯ ކަރަބާޚް އަކީ ބައިނަލްއަގުވާމީ ލިޔުންތަކުގައި ވެސް އަޒަރުބައިޖާންގެ ބިމެކެވެ. އެކަމަކު އެ ބިން އިސްތިއުމާރުކޮށް އޮބައިގަނެގެން ޒަމާންތަކެއް ވަންދެން ގެންގުޅުނީ އަރުމީނިއާ އިންނެވެ.

ނަގޯނޯ ކަރަބާޚް މިނިވަންކުރަން 2020 ގައި އަޒަރުބައިޖާނުން ކުރި ހަނގުރާމާގައި އަރުމޭނިއާއަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އަރުމެނިއާ އިން މިހާރު ވެސް ދޭތެރެ ދޭތެރެއިން އަޒަރުބައިޖާނަށް ހަމަލާދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345