އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އޮފީހަށް ވަންނަން އުޅުނު މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓާއި ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ވަނީ ހޯދަން ބޭނުންވާ މީހާ އުރީދޫ އޮފީހަށް ވަންނަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
މި މީހާ ހުރީ ކާކުކަން ނޭނގޭ ގޮތަށް ބޮލާއި މޫނު ނިވައިކޮށްގެންނެވެ.
ފުލުހުން ބުނި ގޮތުގައި އުރީދޫ އޮފީހަށް ވަންނަން މި މީހާ މަސައްކަތް ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.
މިމައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް މި މީހާ ހޯދަން ބޭނުންވި ނަމަވެސް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މި މީހާ އަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނ މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.