ސައުދީ އަަރަބިއްޔާ

ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު

Sep 18, 2022

ސައުދި އަރަބިއްޔާގައި "ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ގުރުއާން"ގެ ނަމުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ އަހްމަދު ނަބީހް ދަތުރުކޮށްފި އެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލް ކުރި ދެ ކުދިންނަކީ އަހްމަދު ނަބީހް އަބްދުލް ގާދިރުއާއި މުހައްމަދު ޔޫޝައު ބިން ޒަމްޒަމް އެވެ. މުބާރާތަށް މި ދެ ކުދިން ހޮވީ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ އޮޑިޝަންއަކަށް ފަހު އެވެ. އޮޑިޝަން ކުރިއަށް ގެންދިޔައީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މުބާރާތުގެ ނަތީޖާ އިއުލާންކުރާނީ މާދަމާ މައްކާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދުނިޔޭގެ 112 ގައުމަކުން ކުދިން ބައިވެރިވި މި މުބާރާތުގައި ބައިވެރިންގެ ހުރިހާ ހަރަދެއް ކުރީ ސައުދީ ސަރުކާރުންނެވެ.

ނަބީހް ވަނީ މިއަހަރު އޭޕްރީލްގައި ދުބާއީގައި ބޭއްވި މުބާރާތެއްގައި ވެސް ފައިނަލަށް ދަތުރުކޮށްފަ އެވެ.