ދުނިޔެ

ޕްރިންސް މުހައްމަދު ރާނީގެ ޖަނާއަށް ވަޑައިނުގަންނަވާނެ

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން: އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިނުގަންނަވާނެ
100%
0%
0%

އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިނގިރޭސިވިލާތަށް ވަޑައިނުގަންނަވާނެ ކަަމަށް ޚަބަރުތައް ބުނެފި އެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ގައުމުތަކުގެ ވެރިންނަށް ދައުވަތު ދެއްވި ނަމަވެސް، ޖަނާޒާގައި އެ ގައުމެއް ތަމްސީލުކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަކީ އެ ގައުމެއްގެ ސަރުކާރަށް އޮންނަ އިޚުތިޔާރެކެވެ.

ރޮއިޓާސް ބުނާ ގޮތުން ކުރިން އޮތީ އެމްބީއެސް ވަޑައިގަންނަވާ ގޮތަށެވެ. އެހެންނަމަވެސް އެމަނިކުފާންގެ އެޖެންޑާ ބަދަލުކުރެއްވީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށް ރޮއިޓާސް ބުނެ އެވެ.

ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ސައޫދީން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކީ ޕްރިންސް ތުރުކީ ބިން މުހައްމަދު އަލްސައުދު އެވެ.

ތުރުކީ ބިން މުހައްމަދު އަލްސައުދު އަކީ ސްޓޭޓް މިނިސްޓަރެކެވެ. އެއީ ފަހުދު ރަސްގެފާނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. އެމްބީއެސް އާއި ތުރުކީ ބިން މުހައްމަދުއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށްވެ އެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަންނަވާ އަރަބި ލީޑަރުގެ ތެރޭގައި ކުވޭތުގެ ވަލީއަހުދު މަޝްއަލް އަލްއަހުމަދު އަލްޖާބިރު އައްސަބާހް، މިސްރުގެ ބޮޑުވަޒީރު މުސްތަފާ މަބްދޫލީ، ބަހުރޭންގެ ރަސްގެފާން ހަމަދު ބިން އީސާ އަލްޚަލީފާ، އުރުދުންގެ އަބްދުﷲ ރަސްގެފާން، އޮމާންގެ ސުލްތާން ހައިސަމް ބިން ތާރިގް އަދި ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ހިމެނި ވަޑައިގަންނަވަ އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވީ ސެޕްޓެމްބަރު 8، 20200 ގައި ސްކޮޓްލެންޑްގައި ހުންނަ އެކަމަނާގެ ޗުއްޓީ ގަނޑުވަރު ބެލްމޯރަލްގަ އެވެ.

އިނގިރޭސި ތަހުތުގައި 70 އަހަރު ރަނިކަން ކުރައްވައި އަވަހާރިވިއިރު އުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާގެ ޖަނާޒާ އޮންނާނީ މިއަދު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

އިނގިރޭސި ރަސްކަން ދޭހަކޮށްދެނީ އަރައިގަތުމާއި ފޭރުމާއި އަނިޔާ ކުރުމަށެވެ. ދުނިޔޭގެ އެކި ރަށްރަށަށް އަރައިގަނެގެން ރަނާއި ރިއްސާއި ޖަވާހިރު ފޭރިކެޔެވެ. އެ ޤައުމުތަކުގެ ރައްޔިތުން އަޅުންނަށް ހަދާ، ޗާބޫކުން ތަޅާ، އަނިޔާކުރިއެވެ. މިވަރުގެ ބައެއްގެ ރާނީ އަކު މަރުވީމާ، އަހަރުމެންގެ ޖީބުން 3 މިލިއަން ރުފިޔާ ޙަރަދުކޮށްފައި އެތަނަށް ދިޔުމަކީ، "މަހާނަ މައްޗަށް މަޑިއަކަށް ޖެހުން" ކަން ޔަޤީނެވެ. އިބޫ އެކަންވެސް ކޮށްފިޔެވެ. ކުޑަވެސް ޖެހިލުމެއް އިބޫ ނުވިއެވެ! އިބޫގެ "މޭ، ކަރާވެސް" ނުލިއެވެ! މާލޭގައި އުޅޭމީހުން ކުލި ނުދެއްކިގެން ތެޅިފޮޅެނީއެވެ! އަނެއްބަޔަކު ގޮނޑުހޮވައިގެން ކަނީއެވެ. އެންބެސެޑަރ ފަރަޙަނާޒް އެހެރީ ކަމެއްނުކޮށް އަތްއުރާލައިގެން އެ ޤައުމުގައެވެ. ރާނީގެ ޖަނާޒާއަށް އޭނާ ފޮނުވަން ރަނގަޅު ނުވާނީ ހެއްޔެވެ؟ އިބޫއާއި ފަޒުނާގެ ކަންތައް ހައްދުން ނެއްޓިއްޖެއެވެ! ޔާމީން އަށް ޙުކުމް ކަނޑައަޅާ ޤާޒީން ވެސް (ދަރިންގެ މުސްތަޤްބަލް އޮތީ ޔާމީން އަށް ފުރުސަތު ދީގެންކަން) ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910