ދުނިޔެ

ޕެލޯސީ ވިދާޅުވީ އަޒަރުބައިޖާން އަށް ހައްގުނޫން ބަސްތަކެއް: އަޒަރުބައިޖާން

ނާންސީ ޕެލޯސީ (ވ) އަރުމީނިއާގައި -- އަރުމީނިއާގެ ނޭޝަނަލް އެމެސްބްލިގެ ރައީސް އަލެން ސައިމޮނިޔަން މަރުހަބާ ދަންނަވަނީ
0%
0%
0%

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ މިހާރު އުޅުއްވަނީ އަރުމީނިއާ އަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.

ޕެލޯސީ އަރުމީނިއާއަށް ވަޑައިގަތުމުގެ ބޭނުންފުޅަކީ އަޒަރުބައިޖާނާ ހަމަލާ ބަދަލުކޮށް އަރުމޭނިއާ އަށް ލިބުނު ގެއްލުންތަކަށް އޯގާތެރިވެ ހިތާމައިގައި ބައިވެރިވާކަން ދެއްކެވުމެވެ.

އަރުމީނިއާ އަށް ވަޑައިގެން ވެރިރަށް ޔަރަވަންގައި ވާހަކަ ދައްކަވަމުން ޕެލޯސީ ވިދާޅުވީ އަޒަރުބައިޖާނުން ބޯޑަރު ހުރަސްކޮށް އަރުމީނިއާ އަށް ހަމަލާދިނުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫންތަކާ ޚިލާފުކަމެއް ކަމަށެވެ.

އަޒަރުބައިޖާން އިން އަރުމީނިއާ އަށް ދިން ހަމަލާތަކުގެ ސަބަބުން މަރުވެފައިވާ މީހުންގެ ޒިންމާ އަޒަރުބައިޖާނުން ނަގަން ޖެހޭނެ ކަމަށް ވެސް ޕެލޯސީ ވަނީ އިހުސާސްކޮށްދެއްވާފަ އެވެ.

ޕެލޯސީ އަށް ރައްދު ދެމުން އަޒަރުބައިޖާންގެ ފޮރިން މިނިސްޓްރީން ބުނީ ޕެލޯސީ އަކީ ގާނުން ދެމެހެއްޓެވުމުގައި ފުންނާބުއުސް ކަނބަލެއް ކަމަށެވެ.

އެހެން ނަމަވެސް ބައިނަލްއަގްވާމީ ގާނޫން އަކީ އޮންނަ އެއްޗެއްކަން ވެސް އެ ކަމަނާއަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

އަޒަރުބައިޖާންގެ ނަގޯނޯ ކަރަބާޚް 30 އަހަރު ވަންދެން އަރުމީނިއާ ސިފައިން އިސްތިއުމާރުކޮށްގެން އުޅުނުއިރު ޕެލޯސީ ކޮބައިތޯ ވެސް އަޒަރުބައިޖާން އިން ވަނީ ސުވާލުކޮށްފަ އެވެ.

އަޒަރުބައިޖާން އިން ބުނި ގޮތުގައި ޕެލޯސީގެ ވާހަކަތާ މެދު ވަރަށް ބޮޑަށް ހިތާމަކުރަން ޖެހެ އެވެ. އަދި އެކަމަނާގެ ވާހަކަތަކަކީ އަންނަ ނޮވެމްބަރު ހަތެއްގައި އެމެރިކާގައި އޮންނަ މިޑްޓާމް އިންތިހާބަށް ޖާހަލި ބޫސްޓާ ޑޯޒެއް ކަމަށް ވެސް އަޒަރުބައިޖާން އިން ބުނެ އެވެ.

އެމެރިކާގެ ސެނެޓްގައި ތިބި އަރުމީނިއާ ދަރިކޮޅުގެ ސަޕޯޓް ހޯއްދެވުމަކީ ވެސް ޕެލޯސީގެ ވިސްނުންފުޅުގައި އޮތް ކަމެއް ކަމަށް ވެސް އަޒަރުބައިޖާން އިން ވަނީ ބުނެފަ އެވެ.

އަރުމީނިއާ އާއި އަޒަރުބައިޖާން މަޝްވަރާކޮށްގެން ސަރަހައްދީ މައްސަލަ ހައްލުކުރެވޭތޯ ބަލަމުންދާއިރު ޕެލޯސީ ދެއްކެވި ވާހަކައިން ހުޅުގަނޑު ހައްތާވެސް ބޮޑުވާނީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަޒަރުބައިޖާންގެ ފޮރިން މިނިސްޓްރީން ބުނީ ހީކުރެވުނު ގޮތާ ޚިލާފަށް ޕެލޯސީ އަށް އެއްޗެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345