އޭޑިކޭ ހޮސްޕިޓަލް

އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވާ ކުދިންނަށް އޭޑީކޭގައި އަމަލީ ތަޖުރިބާ

Sep 19, 2022
3

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލުން ފުރުސަތު ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވަސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާއި އޭޑީކޭގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް އެވެ.

އޭޑީކޭ އިން ބުނީ އެމްއެންޔޫއާ އެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނަށް ރަނގަޅު ތަޖުރިބާތަކެއް ކުރަން ފުރުސަތުތައް ލިބޭނެ ކަމަށެވެ

އެމްއެންޔޫ އިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް މީގެކުރިންވެސް އެމްއެންޔޫ އިން ބައެއް ހޮސްޕިޓަލްތަކާ އެކު އެކި ކަހަލަ އެއްބަސްވުންތައް ހަދާފައިވެ އެވެ.

ސިއްހީ ދާއިރާ އިން ކިޔަވާ ދަރިވަރުން ސިއްހީ ހިދުމަތްދޭ ތަންތަނުން މަސައްކަތުގެ ތަޖުރިބާ ހޯދުމަކީ އެފަދަ ކޯސްތަކުގައި ހިމެނޭ ބައެކެވެ.