ދުނިޔެ

އިނިގރޭސި ރާނީ އެލިޒަބަތު ދޭއް ފަސްދާނުލައިފި

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް -- ފެބްރުއަރީ 6، 1952 - ސެޕްޓެމްބަރު 8، 2022
100%
0%
0%

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރިވިތާ 10 ދުވަސް ފަހުން މިއަދު ފަސްދާނުލައިފި އެވެ. ރާނީ އާއެކު އެކަމަނާގެ ފިރިކަލުން އަމީރު ފިލިޕް ވެސް ވަނީ ވަގުތީ ސަންދޯކުން ނަގައި ރާނީގެ އަރިހުގައި -- ގާތްގާތުގައި ފަސްދާނުލާފަ އެވެ.

އަމީރު ފިލިޕް އަވަހާރަވީ އޭޕްރީލް 9، 2021 ގައި އުމުރުފުޅުން 99 އަހަރުގައި، ވަރަށް ގިނަ ދުވަހު އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް -- ޖަނާޒާގައި މުޅި ދުނިޔެ ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފައި

ރާނީ ފަސްދާނުލާފައި ވަނީ ވިންޑްސާ ކިއްލާ ގޯތިތެރޭގައި ހުންނަ ޖޯޖް ރަސްގެފާން ހަވަނައިގެ ހަނދާނީ ޗެޕަލްގަ އެވެ. މިއީ ސެއިންޓް ޖޯޖް ޗެޕަލްގެ ބައެކެވެ. ޝާހީ ޚާންދާނަށް މިތަން އެންމެ ފުރަތަމަ ޚާއްސަކުރެއްވީ ރާނީ އެލިޒަބަތުގެ ބައްޕާފުޅު ވަޅުލުމަށް -- އެކަމަނާގެ އަމުރަށެވެ.

ރާނީ އަވަހާރަވީ މި މަހުގެ އަށްވަނަ ދުވަހު ސްކޮޓްލެންޑްގައި ހުންނަ އެކަމަނާގެ ޗުއްޓީ ގަނޑުވަރު ބެލްމޯރަލްގައި އުޅުއްވަނިކޮށް ހާލުދެރަވެ ވަރަށް ކުއްލި ގޮތަކަށެވެ. އިނގިރޭސިވިލާތުގައި 70 އަހަރަށް ވުރެ ގިނަ ދުވަހު އެކަމަނާ ވަނީ ރަނިކަން ކުރައްވާފަ އެވެ.

ޗާލްސް ރަސްގެފާން ތިނަކާއި ދޮށީ ދަރިކަލުން ވިލިއަމްސް، ރާނީ އެލިޒަބަތުގެ ސަންދޯއް ކައިރީގައި

ރާނީ އަވަހާރަވުމާ އެކު މުޅި އިނގިރޭސިވިލާތް ހުއްޓި ހިތާމައިގައި އިނގިރޭސި އާބާދީތައް ވަނި ބައިވެރިވެފަ އެވެ. އެކަމަނާ އަވަހާރަވުމަށް ފަހު ކަންތައް ކުރަން އޮންނަ ގޮތް -- "އޮޕަރޭޝަން ލަންޑަން ބްރިޖް" އަށް ވަނީ އަމަލުކޮށްފަ އެވެ. އޮޕަރޭޝަން ލަންޑަން ބްރިޖް އަކީ ކޯޑުނަމެކެވެ.

އެލިޒަބަތު ދޭއްގެ ރަނިކަމުގައި އިނގިރޭސިންނަށް ކޮށްދެއްވާފައި ހުރި، އަގުވަޒަން ނުކުރެވޭ ވަރުގެ މުހިންމު މަސައްކަތްތައް ފާހަގަކޮށް އެކަމަނާއަށް ޝުކުރު އަދާކުރެވުނެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގެ މަރުހަލާތައް ފުރިހަމަ ކުރުމަށް އެކަމަނާގެ ސަންދޯއް ގެންދަނީ

ރާނީ ބަލްމޮރަލްގައި އަވަހާރަވުމުން ދެން އޮތް މަރުހަލާ -- އެކަމަނާގެ ސަންދޯއް ލަންޑަނަށް ގެންގޮސް ވެސްޓްމިންސްޓާ ހޯލްގައި، އެކަމަނާ ދެކެ ލޯބިވާހާ ބަޔަކަށް ދެއްކުމަށް ވަނީ ބާއްވާފަ އެވެ.

ރާނީގެ ސަންދޯއް ދެކިލުމަށް މުޅި ދުވަހު ކިޔޫގައި މަޑުކުރުމަށް ފަހު ސަންދޯއް ދެކިލުމުގެ ނަސީބު އެތައް ބަޔަކު ވަނީ ހޯދާފަ އެވެ.

އެލިޒަބަތު ދޭކަށްޓަކައި އިނގިރޭސި ދައުލަތުން ޚާއްސަ ޖަނާޒާއެއް ބާއްވައި އެންމެ ފަހުގެ އަބަދު އިހުތިރާމް އަދާކޮށް، ރާވާފައި އޮތް ގޮތަށް ވަނީ ފުރިހަމަކޮށްފަ އެވެ.

ތަފާތު އެތައް ފިޔަވަހިތަކެއް ހިމެނޭ ގޮތުން، ގާތްގަޑަކަށް 11 ގަޑިއިރަށް ދިގުދެމިގެން ދިޔަ ފަސްދާނުލުމުގެ މަރުހަލާތައް ފުރިހަމަކޮށް ރާނީ ފަސްދާނުލާފައިވަނީ ރާއްޖޭ ގަޑިން މިރޭ 8:30 ހާއިރު އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ފުރިހަމަ ކުރުމަށް މެސްޓްމިންސްޓަ އަބޭ އަށް ސަންދޯއް ވައްދަނީ

އެލިޒަބަތު އުފަންވެ ވަޑައިތަކީ އޭޕްރީލް 21، 1926 ގައެވެ. އެ ކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހައެއް، ފެބްރުއަރީ 6، 1952 ގައި އަވަހާރަވުމާ ގުޅިގެން ހިނގާދިޔަ މަރުހަލާތަކަށް ފަހު ކުއީން އެލިޒަބަތަށް ރަނިކަން ވާރުތަވި އެވެ.

އިނގިރޭސި ތާރީޚުގައި ވެސް އެންމެ އުމުރުދިގު ރަނިކަމެއް ކުރެއްވީ ކުއީން އެލިޒަބަތު އެވެ. އެކަމަނާ ވަނީ އެކަމަނާގެ މުނި މުނި މާމަ، ކުއީން ވިކްޓޯރިއާ އަށް ވުރެ ވެސް ގިނަ ދުވަހު ރަނިކަން ކުރައްވާފަ އެވެ.

ސަންދޯއް ބިންގަރާހަށް ތިރިކުރުމުގެ ކުރިން ޝާހީ ތާޖު ސަންދޯކާ ވަކިކޮށް ދުރުގައި ހުންނަ ކުޑަ މޭޒެއް މަތީގައި ބޭއްވޭނެ

ކުއީން ވިކްޓޯރިއާގެ ރަނިކަން 63 އަހަރަށް ވަނީ ދިގުދެމިގެން ގޮސްފަ އެވެ. އެހެންކަމުން އިނގިރޭސި ތަހުތުގައި ފުރަތަމަ ޕްލެޓިނަމް ޖުބިލީ ފާހަގަކުރެއްވި ރާނީގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވަނީ ކުއީން އެލިޒަބަތަށެވެ.

ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ކޮމަންވެލްތުގެ 15 ގައުމުގެ ވެރިން ބައިވެރިވި އެވެ. އޭގެ އިތުރުން ރަސްރަސްކަލުންނާއި ދައުލަތްތަކުގެ ވެރިން އަދި ޖަމާއަތްތަކުގެ ރައީސުންނާއި ކުންފުނިތަކުން ވެރިން ބައިވެރިވި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަތާޝާމަނިކެ

ހަސަނެއް ކަމަކު ތިޔާ ބުނީ ހެޔޮކޮށް. ކޮންފދަ މުސީބާތެއް ހެއްޔެވެ. މަރުވީމާ އެ ނިމުނީއެވެ.

ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

މުޅި ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ގަދަކަމުން އަރައިގަނެގެން ފޭރިކޭ ބަޔަކަށް އިނގިރޭސިން ވާނެއެވެ. އެންމެ ކައިރިން އިންޑިއާ އިންވެސް ގޮވަމުން ދަނީ ފޭރިކައިގެން ގެންގޮސްފައިވާ ޖަވާހިރުތައް އަނބުރާ ދިނުމަށެވެ. އެފްރިކާ ގެ އެތައް ޤައުމެއް ލޫޓުވާ، އަޅުވެތިކޮށް، މީހުންގެ ގައިގައި ޗާބޫކުން ތަޅާ، ނުހަނު އަނިޔާ ދިނެވެ. މިވަރު ބައެއްގެ ރާނީ އަކު މަރުވުމުން އަހަރުމެން އެ ރާނީ ގެ "މަހާނަ މައްޗަށް މަޑިއަކަށް ޖެހެން" މިޖެހެނީ އަޅެފަހެ "ކޯޗެއް ހަދަން" ހެއްޔެވެ؟ އަހަރުމެންގެ ޖީބުން 3 މިލިއަން ރުފިޔާ ޙަރަދުކޮށްފައި އޭނާ ފަސްދާނުލާ ތަން ދެކެން އިބޫ މިދިޔައީ ދިވެހިރާއްޖެއަކީ އެހާ މުއްސަނދި ޤައުމަކަށް ވެގެން ބާއޭ ހިތާހިތުން ކިޔާލެވެއެވެ. ވަ ﷲ ޢައުލަމް !

އަބޫބަކުރު / ތޮއްޑޫ

އާނ އެމްބެސެޑަރު ފަރަޙަނާޒު އެހެރީ އެތާ. ފޮނުވިނަމަ 3 މިލިއަން ސަލާމަތްވީސް އަހަރުމެންގެ ދަރިންގެ ފޮތްފަންސުރު ގަންނަން! ބޭކާރު ޙަރަދު އިބޫ ކުރީ ފަޒުނާ އިނގިރޭސި ވިލާތުގަ ޝޮޕިނގް ކޮށްލަން ދޯ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910