އުނގޫފާރު

އުނގޫފާރު ސްކޫލަށް އިތުރު އަށް ކްލާސްރޫމު

Sep 20, 2022
1

ރ. އުނގޫފާރު ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ ކުންފުނިން އުނގޫފާރު ސްކޫލުގެ ގޯތި ތެރޭގައި އަށް ކުލާސްރޫމް އަޅައިދޭނެ އެވެ.

މިމަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހެވެ. މަސައްކަތުގެ އަގަކީ 10.1 މިލިއަން ރުފިޔާ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޖާގަ ދަތި ސްކޫލުތައް ބަލައި އެފަދަ ސްކޫލުތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ ގިނަ މަޝްރޫއުތަކެއް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.