ފޭސްބުކް

ޒަކަބާގް ބޭނުންވަނީ ފޭސްބުކްގެ އަހަރީ ދުވަސް ރަހުމަތްތެރިކަމުގެ ދުވަހުގެގޮތު ފާހަގަކުރަން

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކް، ފޭސްބުކްގެ އަހަރީ ދުވަހަކީ "ފްރެންޑްޝިޕް ޑޭ" ނުވަތަ ރަހްމަތްތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ބޭނުންވާ ކަމަށް ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފޭސްބުކް ބޭނުންކުރާ އެންމެންގެ ކިބައިން އެދެފި އެވެ.

ފޭސްބުކް ތައާރަފުވީ 2004 ވަނަ އަހަރުގަ އެވެ. ފޭސްބުކްގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނީ ރަހްމަތްތެރިންގެ ދުވަހުގެ ގޮތުގަ އެވެ. ރަސްމީކޮށް ފޭސްބުކް ބޭނުންކުރަން ފަށާފައިވަނި 2004 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.

ފޭސްބުކަކީ ކޮލެޖެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް ނެޓްވޯކެއްގެ ޒަރިއްޔާއިން ގުޅުވާލަން ފުރަތަމަ އުފެއްދި ނެޓްވޯކެކެވެ.

މާކް ޒަކަބާގް މިހާރުވަނީ ފޭސްބުކްގެ 99 ޕަސެންޓް ވިއްކާލައި ޗެރިޓީއަށް ހަދިޔާކުރަން ނިންމާފަ އެވެ.