މާލޭ ސިޓީ ކައުންސިލް

ސީސީޓީވީ ކެމަރާތައް ބަލައި މޮނިޓާކުރާނެ ބަޔަކު ހޯދަނީ

Sep 21, 2022

މާލޭގައި ހަރުކުރަމުންދާ ސީސީޓީވީ ކެމަރާތައް 24 ގަޑިއިރު ބަލައި މޮނިޓާ ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިިފި އެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު އަގު ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އޭގެކުރިން މިމަހުގެ 25 ވަނަ ދުވަހު ދުވަހު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މަސައްކަތް ކޮށްދިނުމަށް އަގު ހުށަހެޅޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށް ސިޓީ ކައުންސިލުން ވަނީ މަނާފަ އެވެ.

މުޅި މާލެއަށް ވައިފައި ހިދުމަތް ދިނުމާއި، ސީސީޓީވީ ކެމަރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތަކާއި އާންމު ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިހާރު އޮތް ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.