ރައްޔިތުންގެ މަޖިލިސް

ކޮމިޓީ ސިއްރު ކަމަށް ބުނެ ހަބަރު ނަގަން އަންގައިފި

Sep 21, 2022
1
ރައްޔިތުންގެ މަޖިލީހުގެ އިދާރާ -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ސިއްރު ބައްދަލުވުމެއްގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިން ކަމަށް ބުނެ އެ ހަބަރު ނަަގަން މަޖިލީހުގެ އިދާރާ އިން މީޑިއާތަކަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށް ކޮމިޓީން ނިންމި ކަމަށެވެ. އެގޮތަށް ނިންމާފައި ވަނިކޮށް ބައްދަލުވުމުގެ އޯޑިއޯ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ކުޑަ ވަގުތުކޮޅަކަށް ލައިވް ސްޓްރީމް ކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

"މި ދެންނެވި އޯޑިއޯ އަޑު އެހުމަށްފަހު ބައެއް މީޑިއާތަކުން އެއީ ސިއްރު ކޮމިޓީ ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް، ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނާ، އެ ބައްދަލުވުމަށް ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް، މި ދެންނެވި ކޮމިޓީ އަށް ހަވާލާދީ ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާ އިން ނެގުމަށް ދަންނަވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް މިއަދު ހާޒިރުކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިނިސްޓަރާ ސުވާލުކުރީ
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ހަދަންޖެހޭ ގަވައިދުތަކެއް ހަދާފައި ނުވާތީ އެެވެ.

ގާނޫނުގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭ އެތައް ގަވައިދެއް ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ތެރޭގައި އެކުލަވާލާ ގެޒެޓް ކުރަން ބުނެފައިވެ އެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ ލަފާގެ މަތިން ގަވައިދުތައް ހަދަންޖެހެނީ ހޯމް މިނިސްޓަރެވެ. ގިނަ ގަވައިދުތައް ނިންމާފައިވީ ނަމަވެސް އަދިވެސް ނުނިމޭ ބައެއް ގަވައިދުތައް އެބަހުއްޓެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345