މިފްކޯ އިން ހިންގަމުން ގެންދިޔަ އައިސްޕްލާންޓްތައް ފެނަކައާއި ހަވާލުކުރީ އައިސްގެ އަގުހެޔޮކޮށް، ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިފްކޯ އިން ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުން ދިޔަ 14 އައިސްޕްލާންޓެއް މިއަދު ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ އައިސްޕްލާންޓްތައް ފެނަކަ އާއި ހަވާލުކުރުމުން މަސްވެރިންނަށް ލިބޭ ފައިދާ ބޮޑު ކަމަށެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ފެނަކަ އަކީ ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަކަށް ވާތީ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮވާ ކޮންމެ ފަހަރަކު އައިސް ގަންނަން ލިބޭ އަގު ހެޔޮވާނެ ކަމަށެވެ.
މިބަދަލާ އެކު ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އައިސްޕްލާންޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން އަވަސްވުމެވެ. ސަބަބެެއް ކަމަށް ވިދާޅުވީ ފެނަކަ އަކީ ގިނަ އަދަދެއްގެ އިންޖިނޭރުންނާއި ޓެކްނިކަލް މުވައްޒަފުން ތިބި ކުންފުންޏަކީ އައިސްޕްލާންޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެ ކުންފުނީގެ ވަސީލަތްތައް ހުރުމެވެ.
"މިފްކޯއިން އެކަން ކުރާތީ ޕްލާންޓަކަށް މައްސަލައެއް ދިމާވުމުން ވަރަށް ދިގު ދަތުރެއް ކޮށްގެން އެބޭފުޅުންނަށް މިހާރު އެކަން ވަނީ." މިނިސްޓަރު ވިދާޅުވި އެވެ.
އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން މިފްކޯ އަށް ސީދާ މަސް ގަނެ އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަށް އަމާޒު ހިފައިގެން ކުރިއަށްދާން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.