ރައީސް އޮފީސް

ރައީސްގެ ދެކަނބަލުންގެ އިވެންޓްތަކަށް ނޫސްވެރިނަށް ވަދެވޭނެ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ އިވެންޓްތަކުގައ ރައީސް އޮފީހުން އަންގާ ވަކި އުސޫލެއްގެ މަތިން ނޫސްވެރިންނަށާއި ފޮޓޯ ގްރާފަރުންނަށް ވަދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއަށް ފަހު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކާއި ހަފުލާތަކަށް ދައުލަތުގެ މީޑިއާ ފިޔަވައި މީޑިއާގެ އެހެން ފަރާތްތައް ބައިވެރިވުމުގައި ދައްޗާ ކުރިމަތިވި އެވެ. ރައީސްގެ އިވެންޓް ތަކަށް ނޫސްވެރިންނަށް ދައުވަތު ނުލިބޭތީ މީޑިއާގެ ހިތްހަމަޖެހުންތައް އައެވެ.

ރައީސް އޮފީހުން ނޫސް އިދާރާތަކަށް މިއަދު ފޮނުވި އީމޭލެއްގައި ބުނަނީ ރައީސްލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާ އިވެންޓް ތަކަށް، އެ އިވެންޓެއްގެ އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތަކަށް ބަލައި، ފޮޓޯގްރާފަރުންނަށް ދައުވަތު ދޭނެ ކަމަށެވެ. އަދި ރައީސްގެ އިވެންޓެއް ބާއްވާނަމަ އެ އިވެންޓެއްގެ ރިހާސަލް އަށް ފޮޓޯގްރާފަރުންނަށް ދައުވަތުދީ، އެމީހުން ތިބެންޖެހޭ ހިސާބާއި ތަން އޮޅުންފުލުވައިދޭނެ ކަމަށެވެ.

"ރިހާސަލްއަށް ފޮޓޯގްރާފަރުންނަށް ދައުވަތު ދޭން ނިންމާފައިވަނީ، ފޮޓޯގްރާފަރުން ތިބޭނެ ޖާގަ ކަނޑައެޅުމަށާއި ސެކިއުރިޓީ ސަބަބުތަކަށްޓަކައެވެ،" ރައީސް އޮފީހުގެ އެންގުމުގައިވެ އެވެ.