ބޭންކް އޮފް މޯލްޑިވްސް

ސައިން ލެންގުއޭޖް ޑިކްޝަނަރީއެއް ހަދަނީ

Sep 24, 2022

ސައިން ލެންޖުއޭޖް ޑިންޝަނަރީއެއް އުފެއްދުމުގެ މަސައްކަތް ބީއެމްއެލްއާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެން ފަށައިފި އެވެ.

މިމަސައްކަތަށް ޑެފް އެސޯސިއޭޝަނަށް ބޭނުންވާ މާލީ އެހީތެރިކަން ބީއެމްއެލް އިން ވަނީ ފޯރުކޮށްދީފަ އެވެ.

ބީއެމްއެލްގެ މިއެހީ އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖްސް"އާ ގުޅުވައިގެން ފޯރުކޮށްދީފައިވާ އެހީ އެކެވެ.

އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަނެއްވެސް މިއަދު ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ބާއްވާފަ އެވެ.

ބީއެމްއެލް އިން 2020 ވަނަ އަހަރުވެސް ވަނީ މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިން ސެޝަނެއް ބާއްވާފަ އެވެ.