ފިނޭންސް މިނިސްޓްރީ

ފައިނޭންސް ކޮންޓްރޯލަރު ރަޒީނާ އިސްތިއުފާ ދެއްވައިފި

Sep 25, 2022

ފައިނޭންޝަލް ކޮންޓްރޯލަރު -- ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފި އެވެ.

ރަޒީނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ހަ އަހަރު މަގާމު އަދާކުރެއްވުމަށްފަހު ޕީއެޗްޑީއަށް ކިޔަވަން ބޭނުންވުމުންނެވެ. ޕީއެޗްޑީ އަށް ވަޑައިގަތުމަށް ނިންމަވާފައިވަނީ އޮސްޓްރޭލިއާ އަށެވެ.

ފައިނޭންސް ކޮންޓްރޯލަރުގެ މަގާމަށް ރަޒީނާ އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި، 5، 2016 ގައެވެ.

ރަޒީނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހު އެވެ.

ފައިނޭންސް ކޮންޓްރޯލަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލީ ނިޒާމު އޮޑިޓަޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމާއި، ދައުލަތަށް ލިބޭ އާމްދަނީ ބެލެހެއްޓުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުމެވެ.