ލައިފްސްޓައިލް

ހެނދުނު ކާން އެންމެ ރަނގަޅަކީ ކޯންޗެއް؟

ހެނދުނު ކާ އެއްޗަކީ ތިމާގެ ސިއްހަތު ބައްޓަން ކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ހުސް ބަނޑާ ހުރެ ކެވޭ އެއްޗަކުން ތިމާގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ހެނދުނު ކާ އެއްޗަކީ ސިއްހަތަށް ފައިދާ ހުރި، އޭގެ ސަބަބުން ސިއްހީ ގެއްލުމެއް ނުލިބޭ އެއްޗަކަށް ހަދާށެވެ.

1- ފެން
ފެނަކީ އަބަދުވެސް ބޯ އެއްޗެކެވެ. ހެނދުނު އެންމެ ފުރަތަމަ ބަނޑަށް ފޮނުވާލާ އެއްޗަކަށް ފެން ހަދާށެވެ. ފެނަކީ ބޮޑީ ފްލުއިޑްސް ބެލެންސް ކުރުމަށް އެންމެ ރަނގަޅު އެއްޗެވެ. މި ފްލުއިޑްސް ގިނަ ކަންތަކަކަށް އެހީތެރިވެދެއެވެ. އެގޮތުން ހަޖަމުކުރުމަށާއި ހަށިގަނޑު ފިނިހޫނުމިން ބެލެންސް ކުރުމަށް އެހީތެރިވެދެއެވެ.
ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ބޮޑު ތައްޓެއް ނުވަތަ ދެ ތަށީގެ ފެން ބޯށެވެ.

2- ލުނބޯ
ލުނބޯއަކީ ވެސް ހެނދުނު ކާން ރަނގަޅު އެއްޗެކެވެ. ލުނބީއަކީ ގިނަ އަދަދަލަށް ވިޓަމިން ސީ، ކެލްޝިއަމް، މެގްނީޝިއަމް، ޕޮޓޭޝިއަމް އެކުލެވޭ އެއްޗެކެވެ. ލުނބޯއަކީ ތިމާގެ މޭ ސާފުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ހަޖަމުކުރުމަށް ވެސް އެހީވެދެއެވެ. ފެން ތައްޓަކަށް ލުނބޯއެއް ފެލާލައިގެން ހެނދުނު ބޯލުން ރަނގަޅެވެ.

3- ބުލޫބެރީސް
ބުލޫބެރީސްއަކީ ހެނދުނު ކާލަން ވަރަށް ރަނގަޅު އެއްޗެކެވެ. ބުލޫބެރީސްގައި ވިޓަމިން ސީ، ކެންސަރު ދުރުކޮށްދޭ ބާވަތްތައް، އެކުލެވޭ އެއްޗެކެވެ. އަދި ބުލޫބެރީސްއަކީ ހިތުގެ ބަލިން ދުރުކޮށްދީ، ސިކުނޑީގެ މަސައްކަތް އަވަސްކޮށްދޭ މޭވާއެކެވެ. ފައިބާއަކީ ވެސް ބުލޫބެރީގައި ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. ބުލޫބެރީސް ތިމާގެ ހަށިގަނޑު ބަލިތަކުން ދުރުކޮށްދެއެވެ.

4- ދޮންކެޔޮ
ދޮންކެޔޮއަކީ ހެނދުނު ނާސްތާގައި ކާލުމަށް ހަމަ އެންމެ ރަނގަޅު މޭވާއެވެ. ދޮންކޭލަކީ ތިމާގެ ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އެނާޖީ ޑްރިންކެއް ބޯލުމަށްވުރެ ދިންކޭލެއް ކާލުމުން ހަށިގަނޑަށް މާގިނަ ހަކަތަ ލިބިގެންދެއެވެ. ދޮންކޭލުން ތިމާގެ ލޭގެ ޕްރެޝާ ތިރިކޮށްދެއެވެ. އަދި ދޮންކޭލަކީ ޕޮޓޭޝިއަމް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ.

5- ބިސް
ކުކުޅު ބިހަކީ ހެނދުނު ލިބެންޖެހޭ ހަކަތަ ހަށިގަނޑަށް ހޯދުމަށް އެންމެ ރަނގަޅު ކާނާއެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. އަދި ވިޓަމިން ބީ، ވިޓަމިން އޭ، ވިޓަމިން ޑީ އަދި ވިޓަމިން އީ ބިހުގައި އެކުލެވެއެވެ. މީގެއިތުރުން ބިހުގައި ކެލްޝިއަމް އަދި އަޔަން ވެސް އެކުލެވެއެވެ.

6- އެލްމަންޑް
އެލްމަންޑްގައި ޕްރޮޓީން، ވިޓަމިން އީ، ކޮޕާ، މެގްނީޝިއަމް އަދި ފައިބާ އެކުލެވެއެވެ. އެއީ ހަކަތަ އުފައްދައިދީ، ކެންސަރު ބައްޔާއި ހިތުގެ ބަލިން ތިމާ ދުރުކޮށްދޭނެ އެެއްޗެކެވެ.