މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް އިން އޮންލައިން ހިދުމަތްތަކެއް ތައާރަފްކޮށްފި

Sep 25, 2022

މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން އޮންލައިން ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ތައާރަފްކޮށްފައިވަނީ ޖޮބް ޕޯޓަލް، ސްޓާފް މޯބައިލް އެޕްލިކޭޝަން އަދި އޯކްޝަން އެޕެވެ.

ޖޮބް ޕޯޓަލް މެދުވެރިކޮށް އެމްޕީއެލްގައި ހުރި ވަޒީފާތައް ބަލައި އެ ވަޒީފާތަކަށް ކުރިމަތިލުމަށްފަހު ނިންމާ ނިންމުތައް ބަލައިލެވޭނެ އެވެ. ސްޓާފް އެޕް މެދުވެރިކޮށް އެމްޕީއެލްގެ މުވައްޒަފުންގެ މައުލޫމާތާއި، ހާޒިރީއާއި، މުސާރަ އާއި ޗުއްޓީ ފަދަ މައުލޫމާތުތައް ބަލައިލެވޭނެ އެވެ، އޯކްޝަން އެޕަކީ ނީލަމަށް ހާއްސަކޮށްގެން އެމްޕީއެލް އިން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ.

އެމްޕީއެލް އިން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު ވަނީ އެ ކުންފުނީގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އީއާރްޕީ ސޮފްޓްވެއާ އެއްވެސް ގާއިމުކޮށްފަ އެވެ.

އެމްޕީއެލްއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރި 12 މުވައްޒަފަކަށް ވެސް މިރަސްމިއްޔާތުގައި ވަނީ އެވޯޑް ދީފަ އެވެ. އަދި އެމްޕީއެލްގެ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ވަނީ ސްކޮލާޝިޕް ވެސް ހަވާލުކޮށްފަ އެވެ.