މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ފިޓްސްއެއާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Sep 25, 2022

ސްރީލަންކާގެ ފިޓްސްއެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ލަންކާގެ އެންމެ ބޮޑު އަމިއްލަ އެއާލައިންގެ ގޮތުގައި އޮތް ފިޓްސްއެއާގެ ދަތުރުތައް ފަށާނީ ކުރިއަށް އޮތް އޮކްޓޫބަރު 10 ވަަނަ ދުވަހު އެވެ.

ޝެޑިއުލް ދަތުރުތަކެއްގެ ގޮތުގައި ހަފްތާއަކު ތިން ފްލައިޓް ދަތުުރުކުރާނެ އެވެ.

ދަތުރުތައް ކުރިއަށްދާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް ފިޓްސްއެއާގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

ފިޓްސްއެއާ 2020 ވަނަ އަހަރު ވަނީ ރާއްޖެއަށް ބޭނުންވާ މުދާ ހިފައިގެން ދަތުރުކޮށްފަ އެވެ.