އިމްޕޯޓް އެކްސްޕޯޓް

ރާއްޖޭގެ އެކްސްޕޯޓް 2.6 ބިލިއަން ރުފިޔާއަށް އަރައިފި

މިފްކޯގެ ފެލިވަރު ބަނދަރަށް މަސް ކިރަނީ: ފޮޓޯ އަވަސް
0%
0%
0%

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 2.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގަކީ 2.1 ބިލިއަން ރުފިޔާ އެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ކަނޑުމަހާއި މަހުގެ އެކި އުފެއްދުންތަކެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 823 މިލިއަން ރުފިޔާގެ ގަނޑުކުރި ކަނޑުމަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. ކަނޑުމަހުގެ އެކި ބާވަތްތަކުގެ ގޮތުގައި މި މުއްދަތުގައި 308 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެއިން ދަނީ ކަންނެލި ޗަންކްސް އާއި ކަންނެލި ލޮއިންސްގެ އިތުރުން ކަންނެލި މަސްދަޅު އެކްސްޕޯޓް ކުރަމުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ގައުމަކީ ތައިލެންޑެވެ. އޮގަސްޓްގެ ނިޔަލަށް އެގައުމަށް 808 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. ޖަރުމަނަށް އެކްސްޕޯޓްކުރި މުދަލުގެ އަގު 152 މިލިއަނަށް އަރާއިރު ޔޫކޭއަށް އެކްސްޕޯޓްކުރި މުދަލުގެ އަގު 150 މިލިއަނަށް އަރަ އެވެ.

ރާއްޖެއިން މުދާ އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެ އެވެ. އިންޑިއާއަށް އެކްސްޕޯޓްކުރި މުދަލުގެ އަގު 75 މިލިއަން ރުފިޔާއަށް އަރަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ތައިލެންޑަށް ވަނީ 767 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910