ދުނިޔެ

އެމެރިކާ ސިފައިން ސީރިއާއިން ތެޔޮ ވަގަށް ނަގަނީ

ސީރިއާގެ އިރުއުތުރުގައި ކުރުދީން ކޮންޓްރޯލްކުރާ ތެޔޮ ސާފުކުރާ މަރުކަޒުތަކެއް
0%
0%
0%

ސީރިއާގެ އިރުއުތުރު ސަރަހައްދުތައް ހިސޯރުކޮށްގެން ތިބި އެމެރިކާ ސިފައިން އެތަނުގައި ތިބެގެން ކުރާ ކަމަކީ ސީރިއާގެ ތެލުން ވައްކަން ކުރުމާއި ސީރިއާގެ ފަގީރު އާއިލާތަކަށް ބެހެވިގެން ދާން ހުރި ގޮވާމުން ވައްކަންކުރުމެވެ.

އެމެރިކާ ސިފައިން ސީރިއާގެ ބިންތަކުން ވައްކަންކުރާ ކަމަށް ބުނެ ދިމިޝްގުން ވެސް ވަނީ އެތައް ފަހަރަކު ވާހަކަދައްކާފަ އެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ވެސް ވަނީ ގޮވާލާފަ އެވެ.

ސީރިއަން އަރަބް ނިއުސް އޭޖެންސީން ބުނާ ގޮތުން އެމެރިކާ ސިފައިން 79 ތެޔޮ ޓޭންކަރު ބަރާކޮށް ސީރިއާގެ ޖަޒީރާ ސަރަހައްދުން އިރާގަށް ވަދެ ވަނީ ތެޔޮ ބޭރުކޮށްފަ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ސީރިއާގެ އާންމުން ބުނާ ގޮތުން އެމެރިކާ ސިފައިން ވަގަށް ތެޔޮ ބޭރުކުރުމަކީ ކޮންމެ ދުވަހަކުހެން އެ މީހުން ކުރާ ކަމެކެވެ.

ގުދުރަތީ ގޮތުން ދަނޑުވެރިކަން މުއްސަދި ސަރަހައްދުތަކުން ގޮވާމާއި މޭވާގެ ބާވަތްތައް ވަގަށް ގެންދިއުމަކީ ވެސް އެ މީހުންގެ އާދައެއް ކަމަށް ސީރިއާ މީހުން ބުނެ އެވެ.

ސީރިއާގެ އިރުއުތުރު ސަރަހައްދުތަކުގައި ތިބޭ އެމެރިކާ ސިފައިންގެ ފައުޖުތައް

ޕެންޓަގަނުން ބުނާ ގޮތުން ސީރިއާގައި އެމެރިކާ ސިފައިންގެ 900 މީހުން އެބަ ތިއްބެވެ. އެ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބެން ޖެހެނީ ދާއިޝް ފަދަ ހަނގުރާމަވެރި ގުރޫޕްތައް މައިތިރިކުރަން ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.

އެހެން ނަމަވެސް، ސީރިއާ ސަރުކާރުން ބުނާ ގޮތުން އެމެރިކާ ސިފައިން އެތަނުގައި ތިބުމުގެ ބޭނުމަކީ ދިމިޝްގަށް ސީރިއާގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ލިބުނަ ނުދިނުމެވެ. އަދި ގުދުރަތީ ގޭހާއި ކާނާ އާއި މޭވާއިން މިންވަރެއް ނަމަވެސް ދިމިޝްގަށް ލިބުނަ ނުދިނުމެވެ.

ސީރިއާ ބުނާ ގޮތުން އެމެރިކާ އިން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބޭނުމަކީ ވެސް ސަރަހައްދީ މުއްސަނދިކަމުން އެ ގައުމު މަހުރޫމް ކުރުމެވެ. އަދި ސީރިއާ އާއެކު ވިޔަފާރި މުއާމަލާތްކުރާ ގައުމުތަކަށް ދަތިކުރުމަކީވެސް ސީރިއާ އަށް ބިރުދެއްކުމަށް އެމެރިކާ ކުރާ ކަމެއް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345