ރައީސް މައުމޫން އަބްދުލްގައްޔޫމް

ރާބިތާގެ ވަފުދު ރައީސް މައުމޫންއާ ބައްދަލުކޮށްފި

ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން، ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އިއްޔެ ބައްދަލުކޮށްފިއެވެ. ރައީސް މައުމޫނަކީ ރާބިތާގެ ފައުންޑާ މެންބަރެކެވެ.

މި ބައްދަލުވުމުގައި، ރާބިތާގެ ކަންކަން ރާއްޖޭގައި ކުރިއަށްދާ ގޮތާ ގުޅޭގޮތުންނާއި ރާބިތާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިލްމްވެރިންގެ ދައުރާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. މީގެއިތުރުން ރާބިތާ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އިލްމްވެރިންނާއި އިމާމުންނަށް މިހާރު ކުރިއަށް ގެންދާ ވޯކްޝޮޕާގުޅޭ ގޮތުން ވެސް ރައީސް މައުމޫނަށް މައުލޫމާތު ދެއްވި އެވެ.