އެމްއެމްއޭ

50 ރުފިޔާ ޗާޕްކޮށްގެން ގެނެސްފި

Sep 26, 2022
1

އިގްތިސާދުގައި ދައުރުވާ 50 ރުފިޔާގެ ފައިސާގެ ނޫޓު މަދުވުމާ ގުޅިގެން އަލުން ޗާޕްކޮށްފި އެވެ.

ނޫޓް ޗާޕްކޮށްގެން އިގްތިސާދަށް ނެރުމުގެ ގާނޫނީ ބާރު އޮންނަ ފަރާތަކީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ.

އެމްއެމްއޭ އިން ބުނީ 50 ރުފިޔާގެ ނޫޓް އަލުން ޗާޕްކޮށް ރާއްޖެ ގެނެސް ހަޒާނާއަށް ލާފައިވާ ކަމަށެވެ.

އިގްތިސާދުގައި ދައުރުވާ ދެ ރުފިޔާގެ ފައިސާ ފޮތި މަދުވުމާ ގުޅިގެން ދެ ރުފިޔާގެ ފައިސާ ފޮތިވެސް އެމްއެމްއޭ އިން ވަރަށް ފަހުން ރާއްޖެ ގެނެސްފައިވެ އެވެ.

ދިވެހި ފައިސާ ޗާޕް ކުރަނީ އިނގިރޭސިވިލާތުގެ ޑިލާރޫއިންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ 2016 ވަނަ އަހަރު ވަނީ ދިވެހި ފައިސާ ނޫޓުތަކާއި ފައިސާ ފޮތި ބަދަލުކޮށްފަ އެވެ.