އަބްދުﷲ ޝާހިދު

ރައީސްގެ މަންދޫބެއްގެ ގޮތުގައި އަބޭގެ ޖަނާޒާއަށް ޝާހިދު

Sep 26, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ފުރާވަޑައިގެންފި އެވެ.

ޝާހިދުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަފުދެއްވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ޝިންޒޯ އަބޭ އަވަހާރަވީ މިދިޔަ ޖުލައި އަށްވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.

އަބޭގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގަ އެވެ.

މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ބައެއް ގައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.