ފިނޭންސް މިނިސްޓްރީ

ފައިނޭންސް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު

Sep 26, 2022

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު މިއަދު އައްޔަންކުރައްވައިފި އެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ފައިނޭންސް ކޮންޓްރޯލަރުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުފާ ދެއްވުމުންނެވެ.

ރަޒީނާ އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވީ ހަ އަހަރު މަގާމު އަދާކުރެއްވުމަށްފަހު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ.

އާޒާދުއަކީ ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް ސައިންސް އިން ފައިނޭންސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ އަކީ ސީއެފްއޭ ޗާޓަ ހޯލްޑަރެކެވެ.

އާޒާދު އަދާކުރެއްވި މަގާމުތައް

  • އެސްއޯއީ ރިފޯމު ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓަންޓް - ފިނޭންސް މިނިސްޓްރީ
  • ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް - ހަޒާނާ މޯލްޑިވްސް
  • ހެޑް އޮފް އިންޓެލިޖެންސް ޑިޕާޓްމަންޓް - އޭސީސީ
  • ބޯޑު މެންބަރު - މޯލްޑިވްސް އިސްލާމިކް ބޭންކް

ފައިނޭންސް ކޮންޓްރޯލަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލީ ނިޒާމު އޮޑިޓަޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމާއި، ދައުލަތަށް ލިބޭ އާމްދަނީ ބެލެހެއްޓުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރުމެވެ.