ފިނޭންސް މިނިސްޓްރީ

ފިނޭންސްގެ ނައިބް ފިރުޒުލް އިސްތިއުފާ ދެއްވައިފި

Sep 29, 2022
1

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފިރުޒުލް ކުރެއްވި ޓްވީޓެއްގައި މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

ފިރުޒުލް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ތަރައްގީގެ މަސައްކަތްތަކުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގައުމަށް ހިދުމަތް ކުރެއްވުމަށް ފުރުސަތު ދެއްވީތީ ފިރުޒުލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއަށް ޝުކުރު އަދަކުރައްވާފަ އެވެ.

މިނިސްޓަރު އަމީރު ވެސް ވަނީ ފިރުޒުލްގެ ހިދުމަތް ބަލައިގަނެ އޭނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓީގެ ނައިބުގެ މަގާމާ ފިރުޒުލް ހަވާލުވެވަޑައިގަތީ ޖެނުއަރީ 27، 2019 ގައެވެ.