ބޮލީވުޑް

ޕޫޖާ ހެގްޅޭ ވެސް ޕްލާސްޓިކް ސާޖަރީ ހަދައިފި

ބަތަލާ ޕޫޖާ ހެގްޅޭގެ ނޭފަތުގެ ބައްޓަން އިން ގޮތް ކަމުނުގޮސްގެން ނޭފަތުގެ ޕްލާސްޓިކް ސާޖަރީއެއް ހަދައިފި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

ޕޫޖާ އަކީ ހިންދީ ފިލްމުތަކުގެ އިތުރުން ސައުތު އިންޑިއާގެ ގިނަ ފިލްމުތަކެއް ކުޅެ އެ އިންޑަސްޓްރީގައި ވެސް މަޝްހޫރު ބަތަލާ އެކެވެ.

ޕޫޖާގެ އެކްޓިން ހުނަރުގެ އިތުރުން އޭނާގެ ރީތިކަމަށް އެތައް މިލިއަން ބަޔަކު ވަނީ ފިދާވެފަ އެވެ. ނަމަވެސް ޕޫޖާއަށް އޭނާ ކުރިން ހުރި ސިފަޔާ މާ ގަޔާ ވެވޭ ހެން ހީނުވާ ކަމަށާއި ޕްލާސްޓިކް ސާޖަރީ ހަދަން ނިންމީ އެހެންވެ ކަމަށް ބައެއް ހަބަރުތަކުގައި ބުނެފައި ވެއެވެ.

ޕޫޖާ ނޫނަސް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ ބަތަލާއިން އެމީހުންގެ ނޭފަތާއި ތުންފަތުގެ ޕްލާސްޓިކް ސާޖަރީ ހަދައި އެމީހުންގެ ގުދުރަތީ ސިފައަށް ވުރެ ރީތި ސިފައަކަށް ބަދަލުވާން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް މިގޮތަށް ޕްލާސްޓިކް ސާޖަރީ ހަދާ ގިނަ ބަތަލާއިންނަށް ގިނަ ފަހަރަށް ލިބެނީ ލަނޑެވެ. ޕްލާސްޓިކް ސާޖަރީން އެމީހުން ބޭނުންވާ ނަތީޖާ ނުނެރެވިގެންނެވެ.

ޝްރީދޭވީ، ޝިލްޕާ ޝެޓީ، ޕްރިޔަންކާ ޗޯޕްޅާ ފަދަ ބަތަލާއިން ވެސް ޕްލާސްޓިކް ސާޖަރީ ހަދާފައި ވެއެވެ.

ޕޫޖާ ޕްލާސްޓިކް ސާޖަރީ ހެދި ޚަބަރަށް ކޮމެންޓުކުރަމުން އޭނާގެ ބައެއް ފޭނުން ބުނެފައިވަނީ ސާޖަރީ ހަދާވަރަށް ވުރެ ޕޫޖާގެ ނޭފަތާއި މޫނުގެ ސިފަ މާރީތި ކަމަށެވެ.

ފިލްމީ ރޮނގުން ބަލާއިރު ޕޫޖާ މިހާރު ކުޅެނީ "ސާކަސް" ކިޔާ ފިލްމެކެވެ. ރޯޙިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލަކީ ރަންވީރު ސިންގް އެވެ. އަދި ޖެކްލީން ފެނާންޑިސް ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެ އެވެ.