ބޮލީވުޑް

އާލިއާގެ ދަރި ބަލައިދޭ މީހެއްގެ ރޯލު ކުޅެން ވަރުން ބޭނުން

އާލިއާ އާއި ވަރުން
0%
0%
0%

ވަރުން ދަވަން އާއި އާލިއާ ބަޓްގެ ޒުވާން ޖޯޑަކީ ވަރަށް ކާމިޔާބު އެހާމެ މަގްބޫލު ޖޯޑެކެވެ. ދެ ތަރިން އެކުގައިވާ ގިނަ ފިލްމުތަކަކަށް ބޮޑު ކާމިޔާބެއް ލިބިފައިވުމީ މި ޖޯޑުގެ މަޝްހޫރުކަން ޔަގީންވާ ކަމެކެވެ.

"ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"، "ސްޓޫޑަންޓް އޮފް ދަ އިޔާ"، އަދި "ބަދުރީނާތު ކީ ދުލްހަނިޔާ" އަކީ އާލިއާ އާއެކު ވަރުން ކުޅެފައިވާ ކާމިޔާބު ފިލްމުތަކެވެ. މި ދެ ތަރިންގެ ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ނާކާމިޔާބު ފިލްމަކަށް އެމީހުން ކުޅުނީ "ކަލަންކް" އެވެ.

ވަރުން އާއި އާލިއާގެ ވެސް ގިނަ ފިލްމުތަކެއް ރިލީޒްވާން ތައްޔާރުވަމުންދާއިރު މީގެން އެއްވެސް ފިލްމަކީ ދެ މީހުން އެކުގައި ބައިވެރިވާ ފިލްމުތަކެއް ނޫނެވެ. އެހެންވެ ފޭނުން ބޭނުންވަނީ އާލިއާ އާއި ވަރުން އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެލުމަށެވެ.

ދާދިފަހުން ވަރުން ދިން އިންޓަވިއު އެއްގައި ބުނީ ފޭނުން ނޫނަސް ހުދު އޭނާ ވެސް އާލިއާއާ އެކު ފިލްމެއް ކުޅެން ބޭނުން ވެފައި ހުރި ކަމަށެވެ.

"އާލިއާ އަކީ އަހަރެން ވަރަށް ލޯބިވާ އެކްޓަރެއް. އަހަރެމެން ދެމީހުންގެ ކެމިސްޓްރީ އާދަޔާޚިލާފަށް ރަނގަޅު. އެފަދަ ކެމިސްޓްރީއެއް މިހާރު ފެންނަނީ ހާލަކުން ފަހަރަކު. ހަމަ އެއާއެކު އާލިއާ އަކީ ވަރަށް ގާތް އެކުވެރިއެއްވެސްމެ. އަހަރެން ދެމީހުން އެކަކު އަނެކަކަށް އިހުތިރާމްކުރަން. އެހެންވެ ކައިރި މުސްތަގްބަލެއްގައި އެފަދަ ފިލްމެއް ލިބުމަށް އިންތިޒާރު ކުރަން،" ވަރުން ބުންޏެވެ.

ވަރުން އިތުރަށް ބުނީ އޭނާ ބޭނުންވަނީ އާލިއާގެ ދަރިއެއްގެ ނެނީ -- ދަރި ބަލަހައްޓާ މީހެއްގެ ރޯލު ކުޅޭށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345