ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި
މިރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި ފުލުހުންގެ ތަމްރީން މަރުކަޒު -- ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގަ އެވެ.
އިއްޔެ އޮތް މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ.
މިރަސްމިއްޔާތުގައި 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބްލަރީގެ ދެ ފިރިހެން ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވެ އެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި އައްޑޫގައި ތިއްބަވާ ފުލުހުން ބައިވެރިވި އެވެ.