ހިންނަވަރު

އިތުރު ޒުވާނެއްގެ ކުއްލި މަރު

Sep 30, 2022

ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދިން ހިންނަވަރުގެ ބައެއް މީހުން ބުނި ގޮތުގައި އުމުރުން 35 އަހަރުގެ މުބްތަދާ އަލީ މަރުވީ މެޗެއް ކުޅެއް ހުއްޓާ ކަމަށެވެ.

މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި މުބްތަދާ އަކީ ހިތުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް އޭނާ މިއަދު މަރުވީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވި އެވެ.

ރާއްޖޭގައި ޒުވާން އުމުރުގައި ކުއްލި ގޮތަކަށް މަރުވާ ޒުވާނުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރޭގެ ވަގުތެއްގައި މާފުށި ޖަލުގައި ޑިއުޓީގައި ހުރި އޮފިސަރަކު ވެސް ކުއްލި ގޮތަކަށް މަރުވެފައިވެ އެވެ.