ލައިފްސްޓައިލް

ކުޑައިރު ގެންގުޅުނު 'ނެނީ' 45 އަހަރު ފަހުން ހޯދައިފި

ސްޕޭނުގެ ފިރިހެނަކު އޭނާ އެންމެ ކުޑައިރު ގެންގުޅުނު މީހާ (ނެނީ) ހޯދަން ދިގު ދަތުރެއް ކޮށްފި އެވެ.

މި ނެނީ އަކީ ބޮލީވިއާގެ ރައްޔިތެކެވެ. އެހެންކަމުން ފިރިހެންމީހާ ވަނީ ދިގު ދަތުރެއްކޮށް ބޮލީވިއާއަށް ގޮސް ނެނީ ހޯދައި އޭނާއާ ބައްދަލުކޮށްފަ އެވެ.

ޖުއަނިޓޯ ޖޮންސަން އޭނާގެ ކުޑައިރުގެ ނެނީއާ ބައްދަލުކުރާހިތް އަބަދުވެސް އޮވެ އެވެ. ނަމަވެސް އޭނާއަށް މިކަން ކުރެވުނީ 45 އަހަރު ފަހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ބައްދަލުވުމުގެ ވަރަށް އަސަރުގަދަ ވީޑީއޯއެއް ޖުއަނިޓޯ ވަނީ އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ.

"ބަރާބަރު 45 އަހަރު ފަހުން މި ފިރިހެން މީހާއަށް އޭނާ ކުޑައިރު އުފަން ދަރިއަކަށް ދޭވަރަށް ލޯބި ދީގެން ގެންގުޅުނު ނެނީ އަނާއާ ބައްދަލުވެއްޖެ. މިއީ އާދަޔާޚިލާފު ރަނގަޅު އަންހެނެއްކަން ޔަގީން،" މި ވީޑީއޯއަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ފިރިހެންމީހާ އޭނާގެ ނެނީއާ ބައްދަލުކުރާ މަންޒަރު ފެންނަ ވީޑިއޯ

ވީޑިއޯ ބެލި ބައެއް މީހުން ވަނީ އެމީހުންގެ މިފަދަ ތަޖުރިބާތައް ވެސް ހިއްސާ ކޮށްފަ އެވެ. އަދި އަންހެން މީހާއަށް އޭނާއާ ބައްދަލުކުރީ ކާކުކަން އެނގެން ކުޑަ ވަގުތުކޮޅެއް ނެގިތަން ފެނިފައިވާތީ އެކަމަށް ވެސް ބައެއް މީހުން ކޮމެންޓް ކުރި އެވެ.

އަނެއް ބަޔަކު ފާހަގަކުރީ އަންހެން މީހާ އުޅެމުންދާ އާދައިގެ ދިރިއުޅުމެވެ. އަދި އެހާ ހާލުގައި އުޅޭ މީހެއްގެ ކައިރިއަށް މާދުރު ގައުމަކުން ޒިޔާރަތްކުރާނީ ވަރަށް މަދު މީހެއް ކަންވެސް މީހުން ފާހަގަކޮށްފައިވެ އެވެ.