ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކު މިއަދު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެކެވެ.
މިއީ ޑެންގީ ޖެހިގެން މިއަހަރު ނިޔާވި ދެވަނަ ކުއްޖާއެވެ.
ފާއިތުވި ތިން އަހަރަށްވުރެ މިއަހަރު ޑެންގީގައި ކުޑަކުދިންގެ ހާލު ސީރިއަސްވާކަން ފާހަގަކުރެވިފައިވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު އަހްމަދު ފައިސަލް ކުރިން ވިދާޅުވެފައިވެ އެވެ.