ތޮއްޑޫ

ސްނޯކްލިންގައި އުޅުނު އަންހެނެއްގެ ގައިގައި ޑިންގީއަކުން ޖެހި އަނިޔާވެއްޖެ

Oct 7, 2022

އއ. ތޮއްޑޫ ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީ އަކުން ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރުބ 5:15 ހާއިރު އެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ރަޝިއާއަށް ނިސްބަތްވާ އަންހެނަކަށެވެ.

ފުލުހުން ބުނީ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންހެން މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެ އެވެ.