ތުރާކުނު

ތުރާކުނު ރައްޔިތުންނަށް ޒަމާނީ ރީތި މިސްކިތެއް

Oct 7, 2022

ހއ. ތުރާކުނު ރައްޔިތުންނަށް ޒަމާނީ ރީތި މިސްކިތެއް އަޅައިދިނުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ތުރާކުނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

މި މިސްކިތް އެޅުމަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗް 23 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމަން ދިނީ އެއް އަހަރެވެ.

ދައުލަތުގެ ބަޖެޓުން 10.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތުރާކުނު މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތުރާކުނު މިސްކިތުގެ ފޮޓޯތަކަށް ބަލާއިރު މިސްކިތް ޑިޒައިން ކޮށްފައިވަނީ އިސްލާމީވަންތަ ގޮތަކަށް ޒަމާނީ ގޮތްތަކެއް ވެސް ހިމަނަިއގެންނެވެ.