އައި ކެއާ

އައިކެއަރ އޮޕްޓިކަލްސް އިން ރާއްޖެއަށް ސީޑް ކޮންޓެކްޓް ލެންސް ތައާރަފްކޮށްފި

Oct 8, 2022

އައިކެއަރ އޮޕްޓިކަލްސް އިން ދިވެހިރާއްޖެއަށް މަޝްހޫރު "ސީޑް" ކޮންޓެކްޓް ލެންސް ތައާރަފްކޮށްފި އެވެ.

ސީޑް އަކީ ކޮންޓެކްޓް ލެންސް އުފެއްދުމުގައި ބައި ގަރުނުގެ ތަޖުރިބާ ހުރި މަޝްހޫރު ކުންފުންޏެކެވެ.

ސީޑް އަކީ ލޮލަށް ފަސޭހަ އަދި ރައްކާތެރިކަމާ އެކު ގިނައިރު ބޭނުންކުރެވޭ ލެންސެކެވެ. ގުދުރަތީގޮތުން ތެތްކަން އުފައްދާ އެލްޖިނިކް އެސިޑް ވެސް ސީޑް ލެންސްގައި ހިމެނެ އެވެ.

ހުރިހާ ލެންސެއްގައި ސީޑް ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ސީޑް އަޔޯނިކް ބޮންޑް (އެސްއައިބީ) ހިމެނެ އެވެ. މިއީ ލޮލަށް ޔޫވީ އަލި އެބްޒޯވްކުރާ މިންވަރު ކުޑަކޮށްދޭ ލޮލަށް އޮކްސިޖަން ފޯރުކޮށްދޭ މންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.

މީގެސަބަބުން ލެންސުގެ މުއްދަތު އިތުރުކޮށްދީ ބޭނުންކުރުމަށް ފަސޭހަވެގެންދެ އެވެ.

ކޮންމެ ދުވަހަކު އަދި ކޮންމެ މަހަކު ބަދަލުކުރާ ގޮތަށް ބޭނުންކުރެވޭ ސީޑްގެ ޑިސްޕޯސިބަލް ލެންސް އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައަކުން މިހާރު ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން "ސީޑް ރިޖިޑް ގޭސް ޕަރމިއަބަލް" ކޮންޓެކްޓް ލެންސާއި އެހެނިހެން ޕްރިސްކްރިޕްޝަން ލެންސް ވެސް އައިކެއަރ އޮޕްޓިކަލްސްއިން ޕރިއޯޑަރ ކުރެވެ އެވެ.

ފެންވަރު ރަނގަޅު އައިނާއި، ލޮލާއި ގުޅުންހުރި އެކި ޓެސްޓް ތަކާއި ސާޖަރީތައް އައިކެއަރގެ ކޮންޓެކްޓް ލެންސްގެ އިތުރުން ހޮސްޕޓަލުންނާއި ކްލިނިކް ތަކުން ފޯރުކޮށްދެ އެވެ.

ލޮލާ ގުޅުންހުރި އެއްވެސް ކަމެއްގައި ނަމަ އިތުރު މައުލޫމާތު ހޯދުމަށް އައިކެއަރގެ ނަންބަރު -- 3321026 އަށް ގުޅާލުމުން މައުލޫމާތުވެސް ލިބޭނެ އެވެ.