ސަރުކާރުގެ ހަރަދުތައް ފޫބައްދަން 2.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުގެ ތެރޭގައި 894.8 މިލިއަން ރުފިޔާ ދައްކާ ގޮތަށް ހުޅުވާލި ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 146 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
މީގެއިތުރުން ހިމެނެނީ 82 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 130 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި އެއް ބިލިއަން ރުފިޔާގެ ޓީބިލެކެވެ.
ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ޓީބިލް ވިއްކާއިރު 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.