މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އާ ރަންވޭގެ ހަގީގީ މޭސްތިރިއަކީ އަދީބް: އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބު -- ފޮޓޯ: އަވަސް
0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލި ޕްލޭނެއް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް [އެމްޓީޑީ] އިން ބުނެފި އެވެ.

އެމްޓީޑީން މިހެން ބުނީ ދިވެހި ތާރީހަށް ތެދުވެރިވުމަށް ގޮވާލާ އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

ވީއައިއޭގައި މިމަހު ހަވަނަ ދުވަހު ބޭނުން ކުރަން ފެށި ކޯޑްއެފް ރަންވޭއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކަމުގެ ހަގީގަތް ނޭނގޭ ބައެއް ފަރާތްތަކުން ދިވެހި ގައުމުގެ ތާރީހަށް ހިޔާނަތް ތެރިވަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

ވީއައިއޭ އަނބުރާ ދިވެހިންނަށް ލިބުނީ ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ޒަމާނާ އެއްހަމައެއްގައި އެއާޕޯޓު ތަރައްގީކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެކު މަޝްވަރާތަކެއް ކުރެވި ސްކޮޓްވިލްސަން މާސްޓާ ޕްލޭނެއް އެކުލަވާލީ ސީދާ އަހްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސްކޮޓްވިލްސަން މާސްޓާ ޕްލޭން ފުރިހަމަ ކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އޭރުވެސް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީބުގެ ދައުވަތަކަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެ އައިސް މަޝްވަރާތަކެއް ކުރެވި ޕްލޭން ފުރިހަމަ ކުރި ކަމަށްވެސް އެމްޓީޑީން ބުނެ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ފެސިލިޓީ ހޯދުމަށްފަހު އެއާޕޯޓުގެ ދެވަނަ ރަންވޭއާއި، ފިއުލްފާމާއި، އެއާކާގޯ ޓާމިނަލް އަދި ސީޕްލޭން ޓާމިނަލް ހެދުމަށް ޗައިނާގެ ބީޔޫސީޖީން ރާއްޖެ އައީ އަދީބުގެ ދައުވަތަކަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ގައުމުގެ މުސްތަގުބަލުގެ ހައްގުގައި މަސައްކަތްކުރެއްވި ގައުމީ ބަތަލަކީ އަދި އާރްކާޓީ އަކީ އަދީބް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އެދުވަސްވަރު ރައީސް ޔާމީން ގިނައިން އުޅުއްވީ ސިންގަޕޫރުގައި އެސްޓީޑީއަށް ފަރުވާ ކުރުމަށާއި އާރަށުގައި ތާސް ކުޅުއްވުމަށާއި ކަރުތާފެނަށް މޫދަށް އެރި އެކިއެކި ކުޅިވަރު ކުޅުއްވަން" ރައީސް ޔާމީނަށް ފާޑުކިޔަމުން ބަޔާނުގައި ބުނެފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910