ހޮލީވުޑް

ޕްރޮފެސާ ސްނޭޕްގެ ރޯލަ އަދާ ކުރި އެލަން ރިކްމަން ކެންސަރު ޖެހިގެން މަރުވެއްޖެ

މައްޝޫރު "ހެރީ ޕޮޓާ" ފިލުމުގައި ޕްރޮފެސާ ސްނޭޕްގެ ރޯލު ކުޅެމުން އަންނަ އެލަން ރިކްމަން ކެންސަރު ޖެހިގެން މަރުވެއްޖެ އެވެ.

ދަ ގާޑިއަން ނޫހުގައި ބުނެފައިވާ ގޮތުން 30 އަހަރު ވަންދެއް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އައި އެލަން އަށް ކެންސަރު ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ އޭނާގެ އުމުރުން 69 އަހަރުގައި ކަމަށެވެ. އަދި އެލަން މަރުވި އިރު އޭނާގެ އެކުވެރިންނާއި އާއިލާ މީހުން ތިބީ ކައިރީގައި ކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.

ހެރީ ޕޮޓާ ފިލުމުގައި މުހިންމު ރޯލެއް އެލަން ކުޅެފައިވާ އިރު އެ ފިލްމު ލިޔުނު ޖޭކޭ ރޯލިން އަށް މިހަބަރު ލިބިގެން ބުނީ އެލަން ނިޔާވުމުން އޭނާ އަށް ލިބުން ހިތާމަ ކިޔާދޭން ނޭންގޭ ކަމަށާއި ނަމަވެސް އެލަން އަކީ އަބަދުވެސް ވަރަށް ކުޅަދާނެ އެކްޓަރެއް ކަމަށެވެ. އަދި ހެރީ ޕޮޓާގައި ޑަމްބަލްޑޯގެ ރޯލު އަދާކުރި މިޗެލް ގަމްބޮން ބުނީ އެލަން އަކީ އެންމެންގެ ލޯބި ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ހެރީ ޕޮޓާ ފިލުމު ކުޅުން އިރުގައި އެލަން އެންމެނާއި ގުޅި ސަކަރާތާއި މަޖަލުގައި އުޅޭ މީހެއް ކަމަށެވެ.

ހެރީ ޕޮޓާ އިން މައްޝޫރުވި އެލަން އެ ފިލުމުގެ އިތުރުން ދެން އޭނާ އެންމެ ބޮޑަށް ފެނިގެން އައީ "ޑައި ހާޑް" ފިލުމުންނެވެ. އެ ފިލުމުގައި އޭނާ އަދާ ކުރީ ހަންސް ގްރޫބާގެ ރޯލެވެ.