ފިނިޕޭޖް

ބްލޭކް ޝެލްޓަން "ދަ ވޮއިސް" އިން ވަކިވަނީ

ތޭވީސް ސީޒަނަށްފަހު ބްލޭކް ޝެލްޓަން "ދަ ވޮއިސް" އިން ވަކިވާނެ ކަމަށް އިއުލާންކޮށްފި އެވެ.

ބްލޭކް އަކީ "ދަ ވޮއިސް" ގައި ވޭތުވެ ދިޔަ 12 އަހަރު ވަންދެން ކޯޗްކަން ކޮށްފައިވާ ކަންޓްރީ ލަވަ ކިޔުންތެރިއެކެވެ.

މި ޝޯ އަކީ ލަވަކިޔުމާ ބެހޭ މަޝްހޫރު ރިއަލިޓީ ޝޯއެކެވެ.

ބްލޭކްގެ އެންމެ ފަހު ސީޒަންގައި ބްލޭކްއާ އެކު ކޯޗުންނަށް ތިބޭނީ ލަވަކިޔުންތެރިން ކަމުގައިވާ ކެލީ ކްލާކްސަން، ވަން ޑައިރެކްޝަންގެ ނިއާލް ހޯރަން އަދި ޗާންސް ދަ ރެޕާ އެވެ.

އިންސްތަގްރާމްގައި ބްލޭކް ކުރި ޕޯސްޓެއްގައި އޭނާ "ދަ ވޮއިސް" އިން ވަކިވާ ވާހަކަ ހާމަކޮށް ޝޯއާ ގުޅުންހުރި އެންމެންގެ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެ އެވެ.

ކާސަން އާއި އެހެން ކޯޗުންނާ އެކު އުމުރު ދުވަހުގެ ގުޅުމެއް ގައިމުވެފައިވާ ކަމަށް ބުނެ، ބްލޭކްގެ އަންހެނުން ގްވެން ސްޓެފާނީގެ ވާހަކަވެސް ލިޔުނެވެ. އަދި"ދަ ވޮއިސް"ގައި ބައިވެރިވާ ލަވަކިޔުންތެރިންގެ ހުނަރު ފާހަގަކޮށް، ބްލޭކް ކޯޗަކަށް ހިޔާރުކުރި ލަވަކިޔުންތެރިންނަށް ހާއްސަ ޝުކުރެއް އަދާކުރި އެވެ.

ބްލޭކްގެ ޕޯސްޓް ނިންމާލުމުގެ ކުރިން ފޭނުންނާ ނުލައި އެއްވެސް ކަމެއް ނުވާނެ ކަމަށް ބުންޏެވެ.

ބްލޭކް ވަނީ 2015 ވަނަ އަހަރު "ދަ ވޮއިސް"ގެ ކޯޗް ގްވެން ސްޓެފާނީއާ ލޯބީގެ ގޮތުން ގުޅި، މިދިޔަ އަހަރު ކައިވެނިކޮށްފަ އެވެ.