ބޮލީވުޑް

އޯޑިއަންސްގެ ލޯބި "ޑޮކްޓަރު ޖީ" ހޯދައިފި

އަޔުޝްމާން ކުރާނާ އާއި ރަކުލް ޕްރީތު ސިންގްގެ "ޑޮކްޓަރު ޖީ" ހުކުރު ދުވަހު ސިނަމާތަކުގައި ވަނީ ރިލީޒްކޮށްފަ އެވެ.

އަނުބްތީ ކަޝޭޕް ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީ ޑްރާމާގައި ދައްކަނީ ގައިނެކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ފިރިހެން ޑޮކްޓަރަކަށް ސޮސައިޓީން ކުރިމަތިވާ ބައެއް ކަހަލަ މައްސަލަ ތަކެވެ. މި ޑޮކްޓަރުގެ ރޯލު އަދާކޮށްފައިވަނީ އަޔުޝްމާން އެވެ.

ފިލްމު ބެލި ގިނަ މީހުން އަޔުޝްމާންގެ ޕާފޯމަންސަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ. ބެލުންތެރިން ބުނަނީ "ޑޮކްޓަރު ޖީ" އަކީ ހީނ ހީނ ބަނޑުގައި ގޮއްލާ ވަރުގެ މަޖާ ފިލްމެއް ކަމަށެވެ.

އޯޑިއަންސް އެކޭ އެއްގޮތަށް ކްރިޓިކްސް ލިޔެފައިވާ ރިވިއު ތަކުގައި ވެސް ބުނެފައިވަނީ ފިލްމު ވަރަށް މޮޅު ކަމަށެވެ. އަދި އަޔުޝްމާންގެ ގިނަ ފިލްމުތަކެކޭ އެއްގޮތަށް މިފަހަރުގެ ފިލްމުގައި ވެސް އެހެންޏާ ހިންދީ ފިލްމުތަކުން ނުފެންނަ ކަހަލަ ތަފާތު މައުލޫއަކަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ކޮށްދީފައިވާ ކަމަށެވެ.