ރާއްޖެ ކުޅިވަރު

ޓީސީގެ ޓްރަޔަލް ފަށައިފި

އަންނަ ސީޒަނުގައި ޓީސީ އަށް ކުޅުންތެރިން ހޯދަން ބާއްވާ ޓްރަޔަލް އިއްޔެ ހަވީރު ޓާފް ދަނޑުގައި ފަށައިފި އެވެ.

ކޯޗު މުހައްމަދު ނިޒާމް ކުރިއަށް ގެންދިޔަ ޓްރަޔަލްގައި 90ވުރެ ކުޅުންތެރިން އިއްޔެ ބައިވެރިވި ކަމަށް ޓީސީން ބުނެ އެވެ. މި ޓްރަޔަލްއިން ފާސްވާ ކުޅުންތެރިންނަށް ޓީސީއާއެކު ޕްރެކްޓިސް ކުރުމުގެ ފުރުސަތު ދޭގޮތަށް އެ ޓީމުން ވަނީ ނިންމާފަ އެވެ.

ހުސްވި ސީޒަން ޓީސީން ނިންމާލީ ދިވެހި ޕްރެމިއާ ލީގުގެ ދެ ވަނަ މަގާމު ހޯދައިގެންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ވެސް ހޯދި އެވެ.

ޓީމު ވަރުގަދަ ކުރުމަށް ޓީސީން ވަނީ ނިއުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) އާއި ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އާއި ކުޅުންހުއްޓާލައިގެން ހުރި ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ގެނެސްފަ އެވެ.