މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުދޫގައި ސައިކަލެއްގައި ރޯކޮށް އަންދާލައިފި

Oct 16, 2022

ސ. ހުޅުދޫގެ ގެއެއްގެ ގޯތިތެރޭގައި ހުރި ސައިކަލެއްގައި ރޭގެ ވަގުތެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.

ސައިކަލުގައި ރޯކޮށްލާފައިވާނީ ރޭ މެންދަމު 12:45 ހާއިރު އެވެ.

އަލިފާނުގެ ސަބަބުން ސައިކަލް ބަހައްޓާފައި ހުރި ގޭގެ ކުޑަ ދޮރުތަކަށާއި އޭސީ އައުޓްޑޯ ޔުނިޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.