މޯލްޑިވްސް ޕޮލިސް ސާވިސް

އުމުރުން ދުވަސްވީ އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ހުޅުދޫ މީހަކު މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވާތީ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 78 އަހަރުގެ މި މީހާ ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު މޫދުން ކަމަށެވެ.

ދިވެހި އަންހެނެއް ކަމަށްވާ މި މީހާ މަރުވެފައި އޮތީ ހުޅުދޫ ކަނޑޫއެޅެ ބީޗް ސަރަހައްދު ގައެވެ.

މި މީހާ މޫދުން ނަގައިގެން ހުޅުދޫ ހެލްތުން ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.